Sun, 31 May, 2020, 12:18 pm
މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި
3

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޓްވީޓެއްގައި ބުނީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި އެމީހުންގެ އިންތިޚާބީ އެޖެންޓާ މެދު ފިޔަވަޅު އަޅަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހޭނެ އެވެ. އެގޮތުން ގާނޫނު އޮންނަ ގޮތުން އެއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކާއި ޕީޕީއެމް އާއި އެމްޓީޑީ އަދި ލޭބާ ޕާޓީ މިއިން ކޮންމެ ޕާޓީއަކުން ދެ ކެންޑިޑޭޓުން ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ މާލީ ބަޔާން އީސީއަށް ހުށަހަޅުއްވައިފަ އެވެ.

މި ދައުރުގެ ހުވާކުރުން އޮންނާނީ މިމަހު ފަހުކޮޅުގަ އެވެ.

Leave a comment

Your email address will not be published.