ނަސްވާ ހަސަން
02 May 2019
މަޤްބޫލު ޙަބަރު

އއ. އަތޮޅުގައި އޮންނަ ހަލަވެލި ރިސޯޓުގެ ފަޅުވެރިއަކު، ޑިންގީއެއްގެ ބުރަފައްޗެއްގައި ޖެހި، މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:12 ހާއިރު ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާ މަރުވީ ރިސޯޓް ބޭރުގަައި އަޅާފައި އޮތް  ޑައިވިން ދޯންޏަކަށް ދިއުމަށް ޑިންގީއެއްގައި ފުރި ވަގުތު މޫދަށް ވެއްޓި، ޑިންގީގެ ބުރަފަތީގައި ބޯ ޖެހިގެން ލިބުނު އަނިޔާގެ ސަބަބުންނެވެ.

އަދި އެ ހާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©