Sun, 31 May, 2020, 12:04 pm
2 ގައިދީ އެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި، އެކަކަށް އަނިޔާވެ މާލެ ގެނެސް ފަރުވާ ދީފިި
10

މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝް ދެ ގައިދީ އެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެގެން، މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ދެ ގައިދީ އެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި 31 އަހަރުގެ މީހެއްގެ މޭގައި ފައިން ޖަހާފައިވާ ކަމަށް މިއަދު 14:37 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ބިދޭސީ މީހާއަށް އަނިޔާ ލިބުމުގެ ސަބަބުން އަގައިން ލޭ އައި ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.