މުޙައްމަދު އީމާން
03 May 2019
މަޤްބޫލު ޙަބަރު

ސަރުކާރާ އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އާމިނަތު ލަޔާލް މަނިކު ހަމަޖައްސައިފިއެވެ.

ސަންގު ޓީވީ އަދި ޗެނަލް 13 ގައި މަސައްކަތް ކުރި ނޫސްވެރިޔާ ލަޔާލް އަކީ މިފަހުން ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ކަނބަލެކެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާއަށް އޭނާ ކެމްޕޭން ވެސް ކުރެއްވިއެވެ. ނަމަވެސް ފަހުން ޕީޕީއެމްއިން ވަނީ މަތިވެރި ދާއިރާއަށް ޕީޕީއެމުން ވާދަނުކުރާނެ ކަމަށް ބުނެ ލަޔާލްއަށް ދިން ޓިކެޓް އަތުލައިފައެވެ.

ލަޔާލް ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީއަކަށް އައްޔަންކުރެއްވިކަން އިއުލާންކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ރަޖިސްޓްރާގެ މަގާމަށް ވެސް ރޭ ވަނީ ބޭކަނބަލަކު ހަމަޖައްސައިފައެވެ. އެ މަގާމަށް ހަމަޖެއްސީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މުލަކު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި މަރިޔަމް ޖުހައިނާ ސާދިގެވެ.

Leave a Reply

Your email address will not be published.

haftha.mv ©