ނަސްވާ ހަސަން
04 May 2019
މަޤްބޫލު ޙަބަރު

ޕީޕީއެމްގެ އަމާޒަކީ ނޫސްވެރިންނަށް އިންސާފުވެރިކަމައިއެކު މަސައްކަތް ކުރެވޭނެ މާލައުލެއް ފަހިކޮށްދިނުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޫސްވެރިކަމަކީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރު ކަމަށާއި، ދިވެހި ނޫސްވެރިންނަށް އިންސާފުވެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ އެ ޕާޓީގެ އަމާޒެއް ކަމަށެވެ.

އަދި އެ ޕާޓީއިން ދިވެހި ނޫސްވެރިންނަށް ތަފާތު ކުރުމެއް ނެތި ދިވެހި އެންމެހާ ނޫސްވެރިންނަށް މި ޕާޓީއިން އެއްބާރުލުން ދޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި ނޫސްވެރިންނަކީ މިނިވަން މާހައުލެއްގައި މަސައްކަތްކުރަން ޖެހޭނެ ފަރާތްތަކެއް ކަމަށެވެ.

އެހެން ނަމަވެސް ނިމިގެން ދިޔަ ރިޔާސީ ދައުރުގައި ޕީޕީއެމުން ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނުނުތައް ވެސް ފާސްކޮށްފައިވެއެވެ. އެގޮތުން އަބުރުގެ ގާނޫނު ފާސްކޮށްފައި ވަނިކޮށް އެ ގާނޫނު ވެސް އުވާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ކަން ފާހަގަކޮށްލެވެއެވެ.

haftha.mv ©