Mon, 1 June, 2020, 5:16 pm
އައިޖީއެމްއެޗުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި
11

އޭޕްރީލް މަހުގެ ފަހު ހަފްތާގައި އޮންނަ، ލެބޯޓްރީ ޕްރޮފެޝަން ވީކް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީން އިންތިޒާމުކޮށްގެން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 ޖެހުމާ ހަމައަށް ލޭ ހަދިޔާކުރެވޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މިއީ ލޭ ބޭނުންވާ ފަރާތްތަކަށް، ފަސޭހައިން ލޭ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހަރަކާތުގައި ލޭ ހަދިޔާ ކުރުމުގެ ފުރުސަތު، އަޖީއެމްއެޗްގެ މުވައްޒަފުންނާއި އާންމުންނަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ.

Leave a comment

Your email address will not be published.