ނަސްވާ ހަސަން
05 May 2019
މަޤްބޫލު ޙަބަރު

ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

ހުޅުމާލޭގައި، ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. އަދި ވިލިމާލޭގަނަމަ، ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގައި ހުންނަ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:15 އިން ފެށިގެން މެންދުރު އެކެއް ޖެހުމާ ހަމައަށް ކަމަށެވެ.

އޭގެ އިތުރުން ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އެގޮތުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©