ނަސްވާ ހަސަން
05 May 2019
މަޤްބޫލު ޙަބަރު

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

“ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ” ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީީސް ވިދާޅުވީ ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައި ކަމަށެވެ.

އަދި، ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމާއެކީ ސްކޫލް ތެރޭގައި ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ރިވެތި އާދަތަކާއި އިޖުތިމާއީ ގޮތުން ލިއްބައިދޭ ދުޅަހެޔޮކަން އެމަނިކުފާނު ހުރިހާ ކުދިންނަށް ހަނދާންކޮށްދެއްވާ، ދަރިވަރުންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިއީ ސްކޫލުތަކުގެ ގްރޭޑް 4 އަދި ގްރޭޑް 5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި މުބާރާތެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©