ނަސްވާ ހަސަން
05 May 2019
މަޤްބޫލު ޙަބަރު

މިސްކިތްތައް ސާފުތާހިރު ތަންތަނަށް ހެދުމަށް، ސިޓީ ކައުންސިލާއިން އާންމު ފަރާތްތަކުން ކުރާ މަސައްކަތުގައި އެންމެެންްގެެ އެއްބާރުލުން ބޭނުންވާ ކަމަށް މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންގެ މިސްކިތްތަކުގެ ތެރޭ، ދިވެހިންގެ ސަގާފަތާއި ނުގުޅޭ ގޮތަށް މިސްކިތްތަކުގެ ތެރޭގައި ނިދާ ކައިބޮއެ އަންނައުނު ދޮވެހަދާތަން ފެންނަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާޒުކޮށްފަ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލާއި އަމިއްލަ ފަރާތްތަކުން މިސްކިތްތަކުގެ އާބާތުރަ ފިލުވަން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

ޝިފާގެ މި ވާހަކަތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް ބައެއް ފަރާތްތަކުން ބުނެފައި ވަނީ، “މިހާރު އެ ދިމާ ކޮށްލަން އުޅެނީ ރޯދަ މަހު އިއުތިކާފަށް ތިބޭ މީހުންނާ” ކަމަށެވެ.

އެގޮތުން އެ ޓްވީޓާއި ރައްދު ދެއްވަމުން ޝިފާ ފަހުން ވިދާޅުވީ، އެ އުފައްދަވަނީ އޭނާ ވިދާޅުވި ބަހުގެ މާނަ އޮޅުވާލުމަށް މުޅިން ނުބައި ވިސްނުމެއް ކަމަށެވެ. އަދި ދިވެހިންގެ މިސްކިތްތައް ސާފުތާހިރު ތަންތަނަށް ވާން ޖެހޭނެ ކަމަށާއި މިވާހަކަ އަބުރަން ނޫޅުމަށް ޝިފާ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©