މުޙައްމަދު އީމާން
06 May 2019
މަޤްބޫލު ޙަބަރު

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ބައެއް ރެސްޓޯރެންޓްތަކާއި ކެފޭތަކުން ތައްޔާރުކުރާ މެނޫތައް، އެއް ޕްލެޓްފޯމަކުން ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަފްތާއިން ހާއްސަ މެނޫ ޕެލްޓްފޯމެއް ތައާރަފްކޮށް ލޯންޗުކޮށްފިއެވެ.

“ހަފްތާ ރޯދަ މެނޫ”ގެ ނަމުގައި ލޯންޗުކުރި މި ޕްލެޓްފޯމުން ރެސްޓޯރެންޓް/ ކެފޭތަކުގެ މެނޫއާއި އެ މެނޫތަކުގެ އަގުތަކާއި އެތަންތަނުން ރޯދައާ ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެއެވެ.

ހާއްސަކޮށް، ކިޔުންތެރިންނަށް އެ މެނޫތައް ރޭޓް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

“ހަފްތާ”ގެ ޗީފް އެޑިޓަރު ވިދާޅުވި ގޮތުގައި، މިފަދަ ޕްލެޓްފޯމެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރޯދަ ވީއްލަން ދާނެ ތަނެއް އިހްތިޔާރު ކުރުމަށް ހޭދަވާ ވަގުތާއި ބުރަ ލުއިކޮށްދީ، ރާއްޖޭގެ ރެސްޓޯރެންޓްތަކުގެ މެނޫތައް އެއްތަނަކުން ފެނިގެންދާނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ރަމަޟާން މަހާއި ޝައްވާލު މަހުގެ 7 ދުވަހަށް ލައިވްކޮށްފައި ބަހައްޓާނެ، ހަފްތާ ރޯދަ މެނޫ ޕެލްޓްފޯމުގައި މެނޫ ޝާއިއު ކުރަން ބޭނުންވާ ރެސްޓޯރެންޓް/ ކެފޭތަކަށް އެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން މެނޫ ޝާއިއު ކުރުމަށް ހަތަރު ޕެކޭޖެއް ހަދާފައިވާއިރު، ނަންގަވާ ޕެކޭޖެއްގެ ގޮތުން ހަފްތާގެ ވެބްސައިޓުން އިސްތިހާރު ކުރުމަށް އެޑް ސްލޮޓްތަކާއި އެ ރެސްޓޯރެންޓްތަކުގެ ހަބަރުތައް ހަފްތާގައި ގެނެސްދެވޭނެއެވެ.

އަދި ހަފްތާގެ ސޯޝަލް މީޑިއާ ޕެލްޓްފޯމްތައް މެދުވެރިކޮށް އެ ރެސްޓޯރެންޓްތައް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ.

އެހެންކަމުން މިއީ، ހަފްތާ ރޯދަ މެނޫގައި މެނޫ ޝާއިއު ކުރަން ބޭނުންވާ ރެސްޓޯރެންޓް/ ކެފޭތަކުން 9521651 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. އަދި ޕެކޭޖްތަކުގެ އަގުތަކާމެދު ގޮތްތަކެއް ވެސް ނިންމިދާނެއެވެ.

ހަފްތާ ރޯދަ މެނޫއަށް ވަނުމަށް https://haftha.mv/roadhamenu/ ފިއްތަވާލައްވާ

رمضان كريم

Leave a Reply

Your email address will not be published.

haftha.mv ©