ނަސްވާ ހަސަން
06 May 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭގައި މިއަދު ހެނދުނު ދުއްވި ބަހެއްގައި ދަށުވެ، މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓް އަންހެނެއް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށެވެ. އަދި ހާދިސާ ހިނގީ ހުޅުމާލެ ފިތުރޯން މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި، އެތަނުން ހިނގާފައި ދިޔަ ޔޫކްރެއިން އަންހެނެއްގެ ގައިގާ ޖެހި އެމީހާ އޭގެ ބަހުގެ ދަށުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ބަހުގެ ޑްރައިވަރަަށް ނިދި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެކްސިޑެންޓް ހިނގި އިރު ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ، މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން މިހާރު ވަނީ ބަސް ދުއްވި ދިވެހި ޑްރައިވަރު ހައްޔަރުކޮށް، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©