Mon, 1 June, 2020, 5:23 pm
15 އެމްބިއުލާންސް ގަންނަން ބީލަމަށް ހުޅުވާލައިފި
6

15 އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ގިނަ ރަށްރަށަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވެފައި ވާތީ މިނިސްޓްރީ އޮފް ހެލްތްގެ އެދުމަކަށް 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެ ކަމަށ ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ. އެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ ނުވައެއް މެއިއާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ.

އޭގެ އިތުރުން ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

Leave a comment

Your email address will not be published.