މުޙައްމަދު އީމާން
06 May 2019
މަޤްބޫލު ޙަބަރު

ގެއްލިގެން ހޯދަމުންދާ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ލުތުފަރު، އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދުން އޭނާގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިއްޖެއެވެ.

ށ. ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގައި ކަމަށްވާ “ކުރިމަގު 1” ގައި މަސައްކަތް ކުރާ ލުތުފަރު ގެއްލިފައިވާކަން އެނގުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ނެވެ. ކުރިމަގު ބޯޓުގައި ލުތުފަރާ އެކު އިތުރު ހަތަރު ބިދޭސީއަކު އުޅެ އެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުނގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި ލުތުފަރު އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވެ ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ލުތުފަރު ގެއްލުނު މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 30 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންނަކީ ލުތުފަރާއެކު އެ ބޯޓުގައި މަސައްކަތްކުރާ ދެ މީހުންނެވެ. އަދި ލުތުފަރު “މަރާލާފައި” ވަނީ އެ ދެމީހުން ކަމަށްވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©