މުޙައްމަދު އީމާން
07 May 2019
މަޤްބޫލު ޙަބަރު

ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑުރަގް ޓްރެފިކް ކުރަން އިރާނުގެ ބޯޓެއް އަތުލައިގެންފިއެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓްތަކެއްގައި ބުނީ، ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން އަތުލައިގެން އެ ބޯޓަކީ އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ބޯޓު މާލެ ސަރަހައްދަށް ގެނެސް ބަލައިފާސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބަޔަކު ކަމެއް އަދި އެ ބޯޓުން ފެނިފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©