Thu, 28 May, 2020, 9:03 am
ރަމަޟާންމަހު ބަރުދަން ލުއިކުރެވޭނެ 5 ގޮތް!
62

ބަރަކާތްތެރި ރަމަޟާންމަހުގައ،ި އިފްތާރުގެ ވަގުތަކީ މުޅި ސުފުރާމަތި ފުރިފައި އޮންނަ ވަގުތެކެވެ. ކުޅަދާނަކަށް ދެއްވި މިންވަރަކުން އެމީހެއްގެ ސުފުރާމަތީގައި ހުންނަ ތަކެތި އިތުރުކުރެއެވެ. އެގޮތުން މި މަހުގެ ތެރޭގައި ބައެއް މީހުންގެ ބަރުދަން ލުއިވާއިރު ބައެއް މީހުންގެ ބަރުދަން އިތުރުވެގެންދެއެވެ.

އެހެންކަމުން ރަމަޟާންމަސް ފެށުމާއިއެކު ކެއުމަށް ސަމާލުކަން ދިނުމުން ބަރުދަން ލުއިކޮށްލެވި ދާނެއެވެ. އޭގެ އިިތުރުން ބަނޑުގައި ގޭސްޓްރިކް ހުންނަ ފަރާތްތަކަށްވެސް މިމަހުގައި އެކަމުގެ ފަރުވާ ކުރެވޭނެ އެވެ.

ރޯދަ ވީއްލާ ވަގުތު ނުވަތަ އިފްތާރުގެ ވަގުތުގައި ކުޑަ އެތިކޮޅެއް ކާށެވެ. ހާއްސަކޮށް އެގަޑީގައި ތެޔޮ ހުންނަ ހެދިކާ ނުކައި، ތަރުކާރީ ފަދަ ލުއިއެއްޗެއް ކާށެވެ. އަދި ތަރާވީހަށްފަހު މަދު ހެދިކާކޮޅެއް ކާށެވެ. ކޮންމެ ގަޑިއަކުވެސް ކާނީ މަދު އެތިކޮޅެކެވެ.

ކާއެއްޗެހި ރަނގަޅަށް ހަފައިގެން މަޑުމަޑުން ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އަވަހަށް ބަނޑުފުރުމަށްވެސް އެހީވެދޭނެ އެވެ.

ތައްޔާރީ ބުއިންތަކުގެ ބަދަލުގައި ގުދުރަތީ މޭވާއާ ތަރުކާރީން ތައްޔާރުކުރާ ބުއިންތައް ހިމަނާށެވެ. އަދި ފޮނި މަޑުކޮށް ބުއިމަށް އާދަކުރާށެވެ.

ހަމައެފަދައިން ކެއުމުގައި ފެން ބުއިން އިތުރު ކުރާށެވެ. ކެއުމުގެ ކުރިން ފެންތައްޓެއް ބުއިމަށްފަހު ކާށެވެ. އެއީ ކާ މިންވަރު މަދުކޮށްދޭ ކަމެކެވެ. އަދި އިފްތާރުގެ ވަގުތުން ފެށިގެން ސުހޫރުއާ ހަމައަށް އަށްތަށި ފެން ބުއިމުން، ރޯދައަށް ހުންނަ ވަގުތުތަކުގައި ކަރުހިތްކުމުން ދުރުކޮށްދޭނެ އެވެ.

އޭގެ އިތުރުން ލުއި ކަސްރަތެއް ކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. 30 މިނެޓް ހިނގާލުން ނުވަތަ ބައިސްކަލު ދުއްވުންފަދަ ލުއި ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ގޭގައި ޔޯގާކޮށްލުމަކީވެސް ފައިދާހުރި ކަމެކެވެ.

Leave a comment

Your email address will not be published.