ނަސްވާ ހަސަން
07 May 2019
މަޤްބޫލު ޙަބަރު

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން މާލެއާ ރާއްޖެތެރޭގައި މިއަދު ފަށައިފި އެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ މިއަދު ހެނދުނު 9:30 ގައި އެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނައިރު މިއަދުވެސް ގިނަ ބަޔަކު ވަނީ ފިތުރު ޒަކާތް ދައްކާފަ އެވެ.

 މާލޭގައި އުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި، ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. އަދި ވިލިމާލޭގަނަމަ، ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގައި ހުންނަ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން ފެށިގެން މެންދުރު އެކެއް ޖެހުމާ ހަމައަށް ކަމަށެވެ.

އޭގެ އިތުރުން ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އެގޮތުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©