ނަސްވާ ހަސަން
07 May 2019
މަޤްބޫލު ޙަބަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ދޭންޖެހޭ 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ދޫނުކުރަން އެންގުމުން އެފައިސާ ވަނީ މަޑުޖައްސާލައިފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނީ، އެ ފައިސާ އަކީ 2018 ވަނަ އަހަރުގެ ފައިސާ ކަމަށްވުމާއެކު ފައިސާ ދިނުމަށް ލަސްވީ، އެފައިސާއަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ ކަމަށެވެ.

އަދި ޕީޕީއެމަށް ފައިސާ ދޫކުރާނީ، މިމަހުގެ ސަރުކާރު މުއައްޒަފުންނަށް ފައިސާ ދިނުމަށް ފަހު ކަމަށް އެސިޓީގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން، އެޕާޓީއަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ހިފަހައްޓާފައި ވަނީ ޕީޕީއެމްގެ ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން ކަމަށް ބުނެފައި ވެއެވެ. އަދި އެ މައްސަލަ ނިންމާ ސުޕްރީމް ކޯޓުން ހުކުމްކުރީ، އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©