ނަސްވާ ހަސަން
07 May 2019
މަޤްބޫލު ޙަބަރު

މީގެ ދެމަސް ދުވަސް ކުރިން، ޑިންގީ ބަންޑުން ޖަހާލައިގެން މޫދަން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގަ އެންމެ ބޮޑަށް ތުހުމަތުވާ އިބްރާހިމް ފަޒީލް މީހަކު ރަހީނުކުކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ް

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މަހުގެ ދެވަނަ ދުވަހު ލ. ގަމުގައި ދުވަސްވީ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ފަޒީލް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ރަޒީލް ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާއޭނާ ހައްޔަރުކުރީ ރޭ ހުޅުމާލެއިން ކަމަށާއި އަދި އެ މައްސަލައިގައި ފަޒީލްގެ އިތުރުން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެމީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިމާ ގެއްލުނީ ފަޒީލާއި އެކު ލ.ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން އިރުއޮއްސި 07:00 ހާއިރުއެވެ. އަދި ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގީ ރިޕޯޓް އާންމުކުރަމުން ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ޝިމާގެ އެއްވެސް ނިޝާނެއް ފުލުހުންނަށް ފެނިފައި ނުވާއިރު ފަޒީލް ގައްލުވާލިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©