ނަސްވާ ހަސަން
08 May 2019
މަޤްބޫލު ޙަބަރު

މިއަހަރު ތެރޭގައި މަހަކަށްވުރެ މަހެއް ޑެންގޫއާއި ޗިކަންގުންޏާ ޖެހޭ މިންވަރު އިތުވަމުން ދާތީ މަދިރިން ސަމާލުވެ ތިބުމަށް އެޗްޕީއޭއިން ދަނީ އިލްތިމާޒުކުރަމުން ނެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ދެ ބައްޔަކީވެސް ނުރައްކާތެރި ދެ ބައްޔެވެ. އެޗްޕީއޭއިން ރޭ އާންމުކި ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނީއްސުރެ މަހަކަށްވުރެ މަހެއް ޑެންގޫއާއި ޗިކަންގުންޏާ ޖެހޭ މިންވަރު އިތުވެފަ އެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރުތަކާއި އަޅާ ބަލާއިރު ވެސް ދެ ބަލި ޖެހޭ މިންވަރު ވަނީ ގިނަ އަދަދަކަށް އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޑެންގީ ހުން ޖެހިގެން މިއަހަރު ތެރޭގައި ވެސް ޖުމްލަ 1912 ރިޕޯޓް ލިބިފައި ވެއެވެ. އެގޮތުން ނިމުނު އޭޕްރީލް މަހު އެކަނިވެސް 506 ކޭސް ވަނީ ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފަ އެވެ.

އަދި ޑެންގީ އެންމެ ގިނަ އަތޮޅުތަކުގެ ތެރޭގައި ހދ ރ އަދި އއ އަތޮޅާއި ލަ އަތޮޅު ހިމެނެ އެވެ. އޭގެ އިތުރުން މާލެ ސަރަހައްދުން ހުޅުމާލެ މާލެ ވިލިމާލޭގައިވެސް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ގިނަ އެވެ. އެގޮތުން އެންމެ ގިނަައިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ ލ އަތޮޅުން، އެޕްރީލް މަހު އެކަނިވެސް 86 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޗިކުންގުންޏާ ޖެހިގެން މިއަހަރުގެ މިހާތަނަށް އައި އިރު 839 ރިޕޯޓް ލިބިފައި ވެއެވެ. އެގޮތުން އެއްމަހުން އަނެއް މަހަށް ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އަދި ނިމުނު އޭޕްރީލް މަހު އެކަނިވެސް 307 ކޭސް ވަނީ ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފަ އެވެ.

ޗިކަންގުންޏާ އެންމެ ގިނަ އަތޮޅަކީ ގއ އަތޮޅާއި މާލެ އެވެ. އެގޮތުން ގދ އަތޮޅުން ވަނީ 291 ކޭސް މިއަހަރުގެ މިހާތަނަށް ރިޕޯޓް ކޮށްފައިވާއިރު މާލެއިން 368 ކޭސް ހިމެނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން އަންނަނީ މަދިރިން ޖެހޭ ނުރައްކާތެރި ބަލިތަކާ މެދު އާންމުން ހޭލުންތެރިކުރަން މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީން ވަނީ ކެމްޕެއިނެއްވެސް ލޯންޗުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©