Mon, 1 June, 2020, 6:24 pm
ތިލްމީޒާ އަށްް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިި
5

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާ އަށް އަރުވައިފަ އެވެ.

ތިލްމީޒާގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަސްމީކޮށް ފަތްކޮޅު އަދި އަރުވާނެ އެވެ.

ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ތިލްމީޒާ މިހާތަނަށް ހުންނެވީ ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުގަ އެވެ.

އޭގެ އިތުރުން އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ތިލްމީޒާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.

މި ސަރުކާރުގައި ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެފައިވާއިރު، ދާދި ފަހުން ވަނީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

Leave a comment

Your email address will not be published.