Mon, 1 June, 2020, 5:45 pm
ބަންގްލަދޭޝްގެ ސަފީރު ނައިބު ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި
5

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޝާން ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ފައިސަލްއާ ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން އެމްބަސީއަށް ހުށައަޅާ ކޮންސިއުލަރ މައްސަލަތަކާއި އެކި ދާއިރާތަކުން ބަންގްލަދޭޝްއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައި ވެއެވެ.

ޝާންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައިވޭ ބޭކަނބަލެކެވެ.

Leave a comment

Your email address will not be published.