Mon, 1 June, 2020, 5:10 pm
7 އަހަރު ފަހުން، ބޮބީގެ އިތުރު ދެ ގާތިލަކަށް ކުށް ސާބިތުވެއްޖެ
4

ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ގަނޑެއްގެ ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި ބޮބީ އިންދާ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 19 ފެބްރުއަރީ 2012 ވަނަ އަހަރުގެ ދަންވަރު 1:50 ހާއިރުއެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭރު 18 އަހަރު ނުވާ ކުޑަ ތިން ކުދިންނަށާއި ތިން މީހެއްގެ މައްޗަށެވެ.

ދައުލަތުން ދައުވާ ކުރި ތިން މީހުންނަކީ ގދ. ގައްދޫ/ އަބްލަޢީގޭ، މުހުޖަތު އަހުމަދު ނާސިހު އާއި ޅ. ނައިފަރު/ ޒައިތޫނިގެ، މުހައްމަދު މައިމޫން އަދި ސ. މަރަދޫ/ ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށެވެ.

އޭގެ ތެރެއިން ބޮބީ މަރާލި ކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅީ އަހުމަދު ނާސިހު އާއި މުހައްމަދު މައުމޫންގެ މައްޗަށެވެ. އަދި އެކަށީގެންވާ ވަރަށް ހެކި ނެތުމުން އަލީ މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް އިއްޔެ ވަނީ ކަނޑައަޅައިފައެވެ.

ނާސިހު އާއި މައުމޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރި ނަމަވެސް މި ދެ މީހުންގެ މައްޗަށް އަދި ހުކުމް ކޮށްފައެއް ނުވެއެވެ.

ބޮބީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން ކުޑަކުދިންގެ ތެރެއިން ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 2013 ވަނަ އަހަރު މެރުމަށް ހުކުމް ކޮށްފައިވާއިރު، ތިން ވަނަ ކުއްޖާ ދޫކޮށްލަން ވަނީ ހުކުމްކޮށްފައެވެ.

ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން އޭރު ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ތާއީދުކޮށް ހުކުމްކޮށްފައެވެ.

Leave a comment

Your email address will not be published.