.
09 May 2019
މަޤްބޫލު ޙަބަރު

ރަސްމީ ދުވަސްތަކުގައި މަޖީދީމަގުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ހުޅަނގުން އިރަށް އެއްކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މުދާ އުފުލާ ގަޑިތަކާއި ސްކޫލްތައް ނިމޭ ގަޑިއާ ދިމާވާތީ މަޖީދީމަގުގެ ޓްރެފިކް ބާރުބޮޑުވާތީކަަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މިއަދުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 14:00 އަށް 4 ފުރޮޅުލީ އުޅަނދުތަކަށް ހަމަ އެކަނި ދުއްވޭނީ މަޖީދީމަގުގެ ހުޅަނގުން އިރަށް އެކަނި ކަމަށެވެ.

ފުލުހުން މީގެ ކުރިންވެސް ވަނީ ރޯދަ މަހު މަގުތަކުގައި ޓްރެފިކް ބޮޑުވެ ވެހިކަލްތަކަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވާ ސަރަޙައްދުތަކުގެ ޓްރެފިކް ބަދަލުތަކެއް ގެންނާނެކަން ހާމަކުރައްވާފައެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު ކަނބާ އައިސާ ރަނިހިނގުމުން ފެށިގެން ހިލާލީ މަގަށް ނުވަތަ، އައިޖީއެމް ހޮސްޕިޓަލުން ފެށިގެން ބިސްބުރާ ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލު ކުރުމަށް ޓްރެފިކް ފުލުހުން ވަނީ ނިންމާފައެވެ. އަދި މާބޮޑަށް މިމަގުގެ ބާރުބޮޑުވާނަމަ މުރަނގަ މަގަށް 4 ފުރޮޅުލީ އުޅަނދުތައް ވަނުން މަނާކުރާނެކަމަށްވެސް ޓްރެފިކް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ހެންވޭރު ސޯސަންމަގު ސިޓީ ބޭކަރީ ހުންނަ ސަރަހައްދުގައި މާބޮޑަށް ޓްރެފިކް ތޮއްޖެހި ވެހިކަލް ދުއްވަން ދަތިވާވަރުވެއްޖެނަމަ މަޖީދީ މަގުން ފެށިގެން ސިޓީ ބޭކަރީއާއި ދިމާލަށް 4 ފުރޮޅުލީ އުޅަނދަށް ނުވަދެވޭގޮތް އެމަގުގެ ޓްރެފިކަށް އެ ވަގުތުތަކުގައި ބަދަލުގެންނާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©