Thu, 4 June, 2020, 1:47 pm
ޕެޓްރޯލް ޝެޑުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވަނީަަ
3

މާލޭ ސަރަހައްދުގައި ހުރި ފަސް ޕެޓްރޯލް ޝެޑެއް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓާގޮތަށް ފިއުލް ސަޕްލައި އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

އެފްއެސްއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއީ ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

ނަމަވެސް ކޮންމެ ދުވަހަކުވެސް ހަވީރު ފަހަކު އަށެއް ޖަހަންދެން ޕެޓް ރޯލް ޝެޑުތައް ބަންދުކޮށްފައި ބަހައްޓަންވެސް ވަނީ ނިންމައިފަ އެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ޕެޓްރޯލް ޝެޑުތަކުން ދޭ ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެއެވެ.

Leave a comment

Your email address will not be published.