Sun, 31 May, 2020, 12:01 pm
ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
8

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް، އަލުން ބެހެއްޓުމުގެ މަސައްކަތަށް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ މިސްކިތް ބެހެއްޓުމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މިމަހު 23 ގައި ބިޑް ހުޅުވަން ހަމަޖެހިފައިވާއިރު، އެ މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ މެދުޒިޔާރަތްމަގާއި ޗަންދަނީމަގު ގުޅޭ ކަންމަތީގައި، ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ތަނުގައެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތުގައި ބަންގި ނުގޮވާނެ ކަމަށާއި އެތަން ބޭނުންކުރާނީ ނަމާދު ކުރުމަށް ކަމަށެވެ.

މާލޭގެ ސަލްޓަން ޕާކްގައި ކުރިން ހުރި އާސާރީ ކަޅުވަކަރު މިސްކިތް ރޫޅާލާފައިވާ އިރު، އެ މިސްކިތް ހޯދައި އަލުން ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ.

Leave a comment

Your email address will not be published.