މުޙައްމަދު އީމާން
09 May 2019
މަޤްބޫލު ޙަބަރު

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ބާއްވާ އިހްޔާ ފޯރަމްގެ މިއަހަރުގެ ފުރަތަމަ ފޯރަމްގައި ދަރުސް ދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިހްޔާ ފޯރަމް އޮންނާނީ މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

އަދި ފޯރަމްގައި ރައީސް މައުމޫން ދަރުސް ދެއްވާނީ “ރަމަޟާން” މި މައުޟޫއަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައީސް މައުމޫންގެ ފައުންޑޭޝަނުން ވެސް މިއަހަރު ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެކަން ވަނީ އިއުލާން ކުރައްވައިފައެވެ.

އެގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާޓުން ބާއްވާ އިހްޔާ ޖަލްސާތައް އޮންނާނީ މިމަހުގެ 14، 21 އަދި 28 ވަނަ ދުވަހުރޭ އިސްލާމީ މަރުކަޒުގައެވެ. ރޭގަނޑު 10:00 ގައި ފަށާ ޖަލްސާތަކުގައި މައުމޫން ވާހަކަފުޅު ދައްކަވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©