Mon, 1 June, 2020, 6:25 pm
އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން ހައްޔަރުކުރި ދިވެހިންނަށް އިތުރު 7 ދުވަސް ޖަހައިފި
8

ސްރީ ލަންކާގައި ދިރިއުޅޭ ގޭގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުންހުރި މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން އެގައުމުގެ ފުލުހުން ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ލަންކާއިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.

އަދި އެ ދެ މީހުން ހައްޔަރުކުރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ސިފައިން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް އެގެއިން ފެނިގެންނެވެ.

އެ ފޮތަކަީ އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ ފޮތެކެވެ. ނަމަވެސް އެގެއިން ފެނުނު އެ ފޮތަކީ އެ ގޭގައި އުޅުނު މީހަކު ގެންގުޅުނު ފޮތެއް ކަމަށާއި ހައްޔަރުކުރި ދެ މީހުންނާ އެ ފޮތާއި ގުޅުމެއް ނެތްކަން “ހަފްތާ”އަށް އެނގެއެވެ.

އެ މައްސަލާގައި ބައިކަނޑި އާއި ފުނަމާގެ ބަންދަށް ލަންކާގެ ކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ 13 ދުވަސް ޖަހައިފައެވެ.

“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ބަންދަށް މިއަދު އަނެއްކާވަނީ އިތުރު 7 ދުވަސް ޖަހައިފައެވެ. އަދި އިތުރު ހަތް ދުވަސް ޖެހީ އިންޓެލިޖެންސް ކްލިއަރެންސް ނުލިބޭ ކަމަށް ބުނެ ކަމަށް ވެސް އެނގިފައިވެއެވެ.

Leave a comment

Your email address will not be published.