މުޙައްމަދު އީމާން
10 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު، ރޫމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަޗޯލްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރޫމޭނިއާގެ ބޮޑުވަޒީރުގެ އޮފީސް ވިކްޓޯރިއާ ޕެލަސްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި ވައިސް ޕްރައިމް މިނިސްޓަރު ބަޗޯލް ވަނީ ރާއްޖެއާއި ރޫމޭނިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގެ މަހުގެ ބާވައްތައް ޔޫރަޕްގެ މާކެޓްގައި އިތުރަށް ޕްރޮމޯޓް ކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ހާމަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއާއި ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތުގެ ދާއިރާއިންނާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެގައުމުން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވެމުގައި ރޫމޭނިއާއިން އަދާކުރަމުންދާ ދައުރަށް މަރުހަބާ ދަންނަވައިފައެވެ.

ރޫމޭނިއާއަށް ފޮރިން މިނިސްޓަރު ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published.

haftha.mv ©