Mon, 25 May, 2020, 10:10 pm
ގޮތް ނޭނގޭ ބޭރުގެ ޝެއިހުންނަށް ވިސާ ދިނުމަކީ ބުއްދިވެރިކަމެއް ނޫން: ނަޝީދު
5

ރާއްޖެ އަންނަ ބޭރުގެ ޝެއިހުންނާމެދު ސުވާލު އުފައްދަވައި، އެފަދަ ޝެއިހުންނަށް ރާއްޖެއައުމަށް ވިސާ ދިނުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އިސްކޮށް ހުރި ޒަހްރަމް ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ.

“ބޭރުގެ ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވެ، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރިކަމެއް ނޫން،” ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، ކޮންމެ ރޯދަ މަހަކާ ދިމާކޮށް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ބޭރުގެ ޝެއިހުންނަށް ރާއްޖެ އާދެއެވެ. އެގޮތުން ސަރުކާރުންނާއި ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރޯދަ މަހާ ދިމާ ރާއްޖެއަށް ޝެއިހުންނާއި ހާފިޒުން ގެނެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގެ އެންމެ އިސްކޮށް އުޅުނު ޒަހްރަމްއާ ގުޅޭގޮތުން ނަޝީދު ވާހަކަދެއްކެވިއިރު، އޭނާ އެއްވެސް އިރެއްގައި ރާއްޖެ އައިސްފައިނުވާ ކަމަށް އިމިގްރޭޝަނުން ޔަގީންކޮށްދެއެވެ.

އެދުވަހުގެ ހަމަލާތަކުގެ 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.

Leave a comment

Your email address will not be published.