Mon, 1 June, 2020, 6:25 pm
ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަން މިދަނީ ކަށަވަރު ކުރަމުން: އެސްޓީއޯ
1

ރަމަޟާންމަހު ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެއިންތިޒާމް ހަޖެހިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސް.ޓީ.އޯއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރ ހުސައިން ސޮބާހް ވިދާޅުވީ، ރަމަޟާންމަހު ކާޑުގެ ބާވަތްތައް ހުސްނުވެ އާންމު ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރުމަށް ކޮންމެ ދުވަހަކުވެސް ރަށްރަށުގައި ހުރި އެސްޓީއޯގެ ކާބޯތަކެތީގެ ސްޓޮކް ބަލަމުންދާކަމަށެވެ.

އެގޮތުން ރަށްރަށުގައި އެސްޓީއޯއިން ޤާއިމްކޮށްފައިވާ އެޖެންޓުންނާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފިހާރަތައް މެދުވެރިކޮށް މި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

” އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ކަށަވަރުކުރަމުން. ރަށްރަށުގައި ހުރި އެސްޓީއޯގެ ކާބޯތަކެތީގެ ސްޓޮކް އަޅުގަނޑުމެން ކޮންމެދުވަހަކު މިދަނީ ބަލަމުން.” ހުސައިން ސޮބާހް ވިދާޅުވިއެވެ.

ރަމަޟާންމަސް އައުމުގެ ކުރިން އެސްޓީއޯއިން ވަނީ މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުގެ ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކައި ދޭނެ އޭޖެންޓުން ހޯދާފައެވެ. އެގޮތުން 157 ރަށެއްގައި އެސްޓީއޯގެ 174 އެޖެންޓުން ހަމަޖައްސާފައިވާއިރު އަތޮޅުތެރޭގެ 11 ރަށެއްގައި އެސްޓީއޯގެ ފިހާރަ ހުރެއެވެ.

އެސްޓީއޯއިން ހަނޑޫ ކިލޯއެއް 4.82 އަށް ވިއްކާއިރު ހަނޑޫ ބަސްތާއެއް ވިއްކަނީ 240 ރުފިޔާއަށެވެ. އަދި ހަކުރު  ކިލޯއެއް 4.82 އަށް ވިއްކާއިރު، ހަކުރު ބަސްތާއެއް ވިއްކަނީ 241 ރުފިޔާއަށެވެ. ފުއް ކިލޯއެއް 3.82 އަށް ވިއްކާއިރު ފުއް ބަސްތާއެއް ވިއްކަނީ 190 ރުފިޔާއަށެވެ.

Leave a comment

Your email address will not be published.