Thu, 4 June, 2020, 12:22 pm
އެޖެންޑާ 19 ގައި ވައުދުވެފައިވާ ބިލްތައް ޑްރާފްޓް ކުރަން ފަށައިފިި
8

ކުރިއަށް އަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނެރުނު މެނިފެސްޓޯ، އެޖެންޑާ 19 ގައި ވައުދުވެފައިވާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ވިދާޅުވީ، އެޖެންޑާ 19 ގެ ސިޔާސަތުތަކާ ގުޅޭ ކޮމިޓީތައް އެކުލަވާލައި، ބިލްތައް ޑްރާޕްޓްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށެވެ.

އަދި ފަންނީ ތަޖުރިބާކާރުންނާ ވާހަކަ ދައްކައި، ބިލްއަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި މަޖިލިސް ފެށެންވާއިރަށް ބިލްތައް ނިންމާލެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ އަދި ނޫ އިގްތިސާދު ހިމެނެ އެވެ. އަދި އެ ސިޔާސަތުތައް ތަންފީޒު ކުރަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފަސް ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

ނަވާރަ ވަނަ މަޖިލީހަށް ހޮވުނު މެމްބަރުން ހުވާކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ އައުދައުރު ފަށާނީ އަންނަ ޖޫން މަހު އެވެ.

Leave a comment

Your email address will not be published.