Sun, 31 May, 2020, 11:17 am
އިހަވަންދޫ ސްކޫލްގެ އިިންްޑިިއާާ ޓީޗަރަކު އިސްލާމްވެއްޖެ
131

އިހަވަންދޫ ސްކޫލުގައި ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރަކު އިސްލާމްދީން ގަބޫލުކޮށް އިސްލާމް ވެއްޖެއެވެ.

“މޯލްޑިވިސް ދާވާ ނެޓްވޯކް” އިން ބުނީ އިސްލާމްދީން ގަބޫލުކޮށްފައިވަނީ އިންޑިއާގެ ޓަމިލް ނާޑޫއަށް އުފަން ގޮކުލާ ކިރްޝާން ނަމަކަށް ކިޔާ އެ ސްކޫލުގެ އައިޓީ ޓީޗަރު ކަމަށެވެ.

ކުދިން ބުދު ދީނަށް އުޅެމުންދިޔަ ގޮކުލާ އިސްލާމު ވެފައިވަނީ ރޯދަ މަސް ފެށުމުގެ އެއް ހަފުތާ ކުރިންނެވެ. އަދި މިހާރު އިސްލާމްދީން ދީނާ ބެހޭގޮތުން ކަންކަން ދަސްކުރަން ފަށައި، އިސްލާމްދީނުގެ ފަސް ރުކުން އޭނާ އަށް އެނގެއެވެ.

އޭގެ އިތުރުން ރޯދަ ހިފައި ތަރާވީސް ނަމާދުގައި ވެސް އޭނާ ބައިވެރިވާން ފަށާފައިވާއިރު، ޤުރުއާނުގެ ބައެއް ކުދި ސޫރަތްތައް ވެސް އޭނާއަށް ކިޔަން އިނގޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

Leave a comment

Your email address will not be published.