ނަސްވާ ހަސަން
12 May 2019
މަޤްބޫލު ޙަބަރު

ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ފަހުން މާލޭގައި އެކަނިވެސް 56 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު އާންމުކުރި ހަފްތާގެ، ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 4-10 ވަނަ ދުވަހާ ހަމަޔަށް މާލޭގައި، 56 އެކްސިޑެންޓެއް ހިނގައި 11 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ހަފްތާތެރޭގައި ޓްރެފިކް ޕޮލިހުން 417 ވެހިކަލް ބަލަފައި ވެއެވެ. އޭގެ ތެރޭގައި ލައިސަންސް ކާޑް އަތުގައި ނެތި 57 މީހަކު، ލައިސަންސް ނެތި 99 މީހަކު އަދި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެހިކަލް ދުއްވި މައްސަލައެއް ފުލުހުން ވަނީ ބަލާފަ އެވެ.

މީގެ އިތުރުން، އިންޝްއަރެންސް ނެތި ވެހިކަލް ދުއްވި 28 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 34 މައްސަލަ އަދި ރޯޑްވާދިނަސް ނުހައްދާ 33 މައްސަލައެއް ބަލާފައިވެ އެވެ. އަދި ސިނަމާލެ ބްރިޖާއި ގުޅޭ މަގުތަކުގައި ހެލްމެޓް އެޅުމުގެ ގަވާއިދު ފާސްކޮށްފައިވީ ނަމަވެސް ހެލްމެޓް ނެތި ދުއްވި 18 މައްސަލައެއްވެސް ވަނީ ބަލާފަ އެވެ.

މާލޭ ސިޓީގެ އަމަންއަމާންކަން ބެލެހެޓުމެގެ ގޮތުން، މާލޭ ސަރަހައްދުގައި ވެހިކަލްތައް ޗެކް ކޮށް ޓްރެފިކް ބެލެހެއްޓުން ފުލުހުން ވަނީ ހަރުކަށި ކޮށްފައި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©