ނަސްވާ ހަސަން
12 May 2019
މަޤްބޫލު ޙަބަރު

ކާބޯތަކެތި ހެޔޮ އަގުގައި ރޯދަމަހު ފޯރުކޮށް ދިނުމުގެ ގޮތުން، ވަގުތީ މާރުކޭޓްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، ވަގުތީ މާރުކޭޓެއް އެޅުމަށް ނިންމާފައި ވަނީ ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ކަމަށެވެ. އަދި އެއީ 50 ފޫޓު 100 ފޫޓުގެ މާރުކޭޓެއް ކަމަށާއި އެތަން މިއަދު ބީލަމަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިއީ އަތޮޅުތަކުންގެންނަ ކާށި، ގަބުޅި ފަދަ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށާއި އެ މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެއްވެސް ކުއްޏެއް ނެތި ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލިފައިވާތީ، ސަރުކާރުން ދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©