Sun, 31 May, 2020, 12:01 pm
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފި
5

މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގެ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 18 ކުންފުންޏަކުން ކުރިމަތިލި ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، ހަ ޕްރޮޕޯޒަލްއެއް ބަލައިގަނެފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބާކީ ހުރި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ދިރާސާކޮށްފައިވަނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ.

އެގޮތުން މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަކީ:

1) ހައްޖު ކޯޕަރޭޝަން: 69،965 ރުފިޔާ

2) އެކްރޯ ހައްޖު ގުރޫޕް: 59،965 ރުފިޔާ

3) މިނާ ހައްޖު ގްރޫޕު: 69،965 ރުފިޔާ

4) އަލްހަރަމައިން ހައްޖު ގްރޫޕު: 69،965 ރުފިޔާ

5) ޒައި ހައްޖު ގްރޫޕު: 70،000 ރުފިޔާ

6) ތަޒްކިޔާ ހައްޖު ގްރޫޕު: 72،250 ރުފިޔާ

މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދީފައިވަނީ ކޮންމެ ކުންފުންޏަކަށް 90 ޖާގައެވެ. ބާކީހުރި 550 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ޝާފިއު ވިދާޅުވީ، އިތުރު 1000 ކޯޓާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ސައުދީ ސަރުކާރުން މިނިސްޓްރީއަށް ޔަގީންކަން ދީފައިވާ ކަމަށާއި އެ ކޯޓާ ލިބުމުން އުސޫލުގެ ތެރެއިން ކުންފުނިތަކުގެ މެދުގައި ބަހާލާނެ ކަމަށެވެ.

Leave a comment

Your email address will not be published.