Sun, 7 June, 2020, 1:56 pm
ކަނޑައަޅާ ބެޖެޓްގެ އިތުރަށް ބޭނުންކުރާނަމަ ރައީސްގެ ހުއްދަ ހޯދަންޖެހޭނެ
4

ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓުގެ އިތުރަށް ބޭނުންކުރާނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި “ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު”ގައި ބުނާ ގޮތުން މިނިސްޓްރީ އަކަށް ނޫނީ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށްވުރެ އިތުރަށް ބޭނުން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުއްދަ ދެވޭނީ ފަސް ޕަސެންޓު ބޮޑު ކުރުމަށެވެ.

އަދި އެއަށްވުރެ އިތުރަށް ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދުމަށްފަހު ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އާ އުސޫލުގައި ބުނާގޮތުން، ވަކި ހާއްސަ ކަމަކަށް ކަނޑައަޅާފައިވާ ބެޖެޓަކުން އެހެން ކަމަކަށް ބޭނުމެއް ނުކުރެވޭނެއެވެ. މިސާލަކަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަަޖެޓުން ބައެއް އެހެން މަޝްރޫއެއް ހިންގަން ބޭނުމެއް ނުކުރެވޭނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އުސޫލުގެ އެންމެ ބޮޑު މަގްސަދަކީ ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތަކަކީ ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަންފީޒު ކުރާ މިންވަރަށް ވުރެ ބަޖެޓް އިތުރު ނުކުރުމަށް ކަމަށް ފިނޭންސްއިން ބުނެފައިވެއެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުންނެވެ.

މިގޮތަށް އާ އުސޫލެއް ފިނޭންސް މިނިސްޓްރީން ނެރެފައިވާޢިރު، މިހާރު އޮންނަ ގޮތުން ބަޖެޓެއް އޮތް ނަމަވެސް، އެ މިނިސްޓްރީއަކުން ބޭނުންވާ ހަރަދެއް ވަކި ހާއްސަ ހުއްދައެއް ހޯދުމަކާނުލާ ކުރެވޭނެއެވެ.

Leave a comment

Your email address will not be published.