މުޙައްމަދު އީމާން
12 May 2019
މަޤްބޫލު ޙަބަރު

މާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:31 ހާއިރު ދަރުބާރުގޭގެ ކައިރިން ދެ ސައިކަލެއް ޖެހިގެން ހިނގާފައިވާ އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެއް ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.

އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެ ޒުވާނާ ދުއްވަން އިން ސައިކަލުގެ ފަހަތުގައި އަށް އަހަރުގެ ކުޑަ ކުއްޖަކުވެސް އިން ކަމަށާއި ނަމަވެސް އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެކްސިޑެންޓުވި ދެ ވަނަ ސައިކަލުގައި ދިން 23 އަހަރުގެ ޒުވާން ފިރިހެން މީހާގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©