Thu, 4 June, 2020, 1:03 pm
މި ސަރުކާރުން ސުންނާފައްޗެއް ނުކުރާނެ، މަޝްރޫއުތައް ދާދި އަވަހަށް ފެށޭނެ: އަލީ ޒާހިރު
5

މި ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިނގަންފަށާ މަންޒަރުތައް ދާދި އަވަހަށް ފެންނާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު އެހެން ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި “ގާފުރޮޅާ” ތަންތަން ސުންނާފަތި ކޮށް ނުހަދާނެ ކަމަށެވެ. އޭގެ ބަދަލުގައި މަޝްރޫއުތައް ކުރިއަށްދާނީ ވިސްނުންތެރިކަމާއެކު އެތައް އަހަރަކަށް ޕްލޭން ކުރެވިގެން ކަމަށް ވިދާޅުވެފައިވެއެވެ.

“ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑުގައި ހިންގަންފަށާ މަންޒަރު ފެންނާނެ. އިންޝާﷲ.” އަލީ ޒާހިރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ދުވެލި މަޑު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވައުދުވި ކަންކަމުގެ 83 ޕަސެންޓު ފުރިހަމަ ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.