Mon, 1 June, 2020, 5:12 pm
“ވަގުތު” ނޫހާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު އެމްއެމްސީން ދީފި
30

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ވަގުތު” ނޫހާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދީފިއެވެ.

އެމްއެމްސީގެ މައްސަލަ ބަލާ ކޮމެޓީގެ މުޤައްރިރު ހިސާން ހަސަން ސޮއިކުރައްވާ ވަގުތު ނޫހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ވަގުތު ނޫހާއި ދެކޮޅަށް އެ ކައުންސިލަށް ހުށަހެޅިފައިވާ ހަތަރު މައްސަލައަކާ ގުޅޭގޮތުން ބާއްވާ މައްސަލަ ބަލާ ކޮމެޓީގެ ޖަލްސާއަކަށް އަންނަ ހަފްތާގެ އާދީއްތަ ދުވަހު ވަޑައިގެން ދެއްވުމަށް އެދޭ ކަމަށެވެ.

އަދި އެ މައްސަލަތައް ހައްލުކުރުމަށް އެ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ވަގުތު ނޫހުން ދޭންޖެހޭ އެއްބާރުލުން ނުދީފިނަމަ، ވަގުތު ނޫހާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ވަގުތު ނޫހާ ދެކޮޅަށް ހުށަހަޅާފައިވާ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ފުލުހުން ހުށަހަޅާފައިވާ މައްސަލައެކެވެ. އަނެއް ތިން މައްސަލައަކީ އާންމު ދެ ފަރާތަކުން ހުށަހެޅި މައްސަލަތަކެވެ.

އެމްއެމްސީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން ބޭރަށް ފުރައިގެންދާނަމަ، މީޑިއާ ކައުންސިލުގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ވެސް ވަގުތު ނޫހަށް އަންގާ ކަމަށެވެ.

Leave a comment

Your email address will not be published.