Mon, 25 May, 2020, 9:19 pm
ނުދައްކާހުރި ޓެކްސްތައް ދެއްކުމުން، ދައުލަތަށް ހަ ޕަސެންޓް އިތުރުވެއްޖެ
5

މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ދެއްކުމުން، މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިން ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމުކުރި ތާފާސްހިސާބުގައިވާ ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އާއި ޖީޖީއެސްޓީ، ބީޕީޓީ އާއި ރިޒޯޓު ބައެއް ޓެހުކުގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ހުރި ފައިސާތައް، މިދިޔަ މަހުގެ ތެރޭގައި ދެއްކުން ކަމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރި ޖީއެސްޓީއިން ވަނީ 67.1 ޕަސެންޓް ނުވަތަ 875.69 މިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ އިތުރުން ގްރީން ޓެކްސް އިން ލިބުނު، 83.6 މިލިއަން ރުފިޔާގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ ލިބުނެވެ.

އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައިވެސް މީރާއަށް 135.88 މިލިއަން ރުފިޔާ ލިބުނުއިރު، 55.9 މިލިއަން އެމެރިކާ ޑޮލަރު ވެސް މިދިޔަމަހު ލިބުނު އާމްދަނީގައި ތެރޭގައި ހިމެނެ އެވެ.

Leave a comment

Your email address will not be published.