މުޙައްމަދު އީމާން
14 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެއެވެ. ފުލުހުން ވަނީ އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:10 އެހައިކަންހާއިރު ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން އެދެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. އަދި ކުއްޖާ ވިއްސާފައިވަނީ ގޭގައި ކަމަށާއި ކުއްޖާ މިހާރު މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©