Mon, 25 May, 2020, 10:33 pm
ހައިވޭގައި މަޑުކޮށްފައި އޮތް ކާރެއްގައި، ފުލުހެއްގެ ސައިކަލުން ޖެހިއްޖެ
12

ފުރޮޅުފަޅައިގެން ގޮސްގެން، ބުރިޖު ހައިވޭގެ އެއް ފަރާތެއްގައި މަޑުކޮށްގެން އޮތް ކާރެއްގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ މެންދުރު 3:05 އެހާކަން ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ފުލުސް މީހާ ދުއްވާފައި ދިޔަ ސައިކަލު ކާރުގައި ޖެހުމުން ވިއްސައިގެން ގޮސް އޭނާގެ ބޯ ވަނީ ކާރުގެ ފަހަތު ސީޓު ބިއްލޫރިގަނޑަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތާއި އަނގައިިން ލޭ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ވުމުގެ ސަބަބުން ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

ފުލުހުންް ބުނީ، ކާރުގެ ޑްރަވައިރާއި ސައިކަލް ދުއްވަން އިން ފުލުސް މީހާގެ އަތުގައި ވެސް ލައިސެންސް އޮންނަ ކަމަށެވެ.

މި ފަހުން ގިނަ އެކްސިޑެންޓްތައް މާލޭގައި ހިނގާފައިވާ އިރު، މިދިޔަ ހަފްތާ އެކަނިވެސް މާލޭގައި 56 އެކްސިޑެންޓް ހިނގާ، 11 މީހަކަށް ވަނީ އަނިޔާ ލިބިފައި ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.

Leave a comment

Your email address will not be published.