ނަސްވާ ހަސަން
14 May 2019
މަޤްބޫލު ޙަބަރު

ތ. ތިމަރަފުށީގައި އެކްސިޑެންޓުވި އަންހެން މީހާއަށް ސްރީ ލަންކާގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ތިމަރަފުށީގަ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުލޭޚާ ރޭ ދަންވަރު 1:20 ގައި މަރުވެފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކްސިޑެންޓުވެ އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއްވިއިރު، އެކްސިޑެންޓާ ގުޅިގެން އޭނާ ވަނީ ސިކުނޑީގެ ތިން އޮޕަރޭޝަނެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ކުރުމަށްފަހު ދެ އޮޕަރޭޝަން ކުރީ ލަންކާގަ އެވެ. އަދި ލަންކާގައި ފަރުވާދެމުން އައި ނަމަވެސް އެކްސިޑެންޓަށް ފަހު ޒުލޭހާ އޮތީ ކޯމާއެއްގަ އެވެ.

ފުލުހުން ބުނީ، ވޭން ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ދެ އަހަރުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފައި ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ތ. އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށް، މި މައްސަލައިގައި ދައުވާކުރުމުގެ ބައި ކުރިޔަށް ދާ ކަމަށް ފުލުހުން ބުނެއެވެ.

ދާދި ފަހުން ހުޅުމާލޭގައިވެސް ވަނީ ޑްރައިވަރުގެ އިހުމާލުން، އެމްޓީސީސީ ބަހެއްގެ ދަށުވެ ޔޫކްރެއިންގެ އަންހެނެއް މަރުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©