ނަސްވާ ހަސަން
14 May 2019
މަޤްބޫލު ޙަބަރު

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފި އެވެ.

އެ އިންތިހާބުގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަނޭޅި 39 ކެންޑިޑޭޓެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އިތުރު ކަންތައްތަކެއް ފުރިހަމަ ނުވުމުން، އެކަންކަން ފުރިހަމަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކާއި ޕީޕީއެމް އާއި އެމްޓީޑީ އަދި ލޭބާ ޕާޓީ މިއިން ކޮންމެ ޕާޓީއަކުން ދެ ކެންޑިޑޭޓުން ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

މި ދައުރުގެ ހުވާކުރުން އޮންނާނީ މިމަހު ފަހުކޮޅުގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©