ނަސްވާ ހަސަން
14 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ރަށެއްގައި އިއްޔެ ހެނދުނު ވިހެއި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި އެ ކުއްޖާ އަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެކުއްޖާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ރޭ ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 7:10 އެހައިކަންހާއިރު ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. އަދި ކުއްޖާ ވިއްސާފައިވަނީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©