ނަސްވާ ހަސަން
14 May 2019
މަޤްބޫލު ޙަބަރު

ޕަޕުއާ ނިއު ގިނީއަށް މިއަދު އައި ބާރުގަދަ ބިންހެލުމަކާއިއެކު އެގައުމަށާއި އެގައުމު ކައިރީގައި އޮންނަ ސޮލޮމަން އައިލެންޑަށް ސުނާމީގެ އިންޒާރު ދީފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއާއި ހަވާލާދީ ބޭރުގެ މީޑިޔާއެއް ކަމަށްވާ އޭޕީ އިން މައުލޫމާތުދޭ ގޮތުގައި، މިއަދު ޕަޕުއާ ނިއު ގިނީއަށް އައި ބާރުގަދަ ބިންހެލުމަކާއިއެކު އެ ސަރަހައްދުން ފެށިގެން 1000 ކިލޯމީޓަރު ދުރު ހިސާބަކަށް ސުނާމީ އަތުވެދާނެ ކަމުގެ އިންޒާރު އޮތްކަމަށެވެ.

އޭގެ ތެރޭގައި އެގައުމު ކައިރީގައި އޮންނަ ސޮލޮމަން އައިލެންޑް ހިމެނެއެވެ. ނަމަވެސް އެސަރަހައްދުގައި އޮންނަ ހަވައި އާއި ގުރާމް އަށް ސުވާމީގެ ބިރު ނެތްކަމަށް ސާވޭގައި ވެއެވެ.

އަދި ޕަޕުއާ ނިއު ގިނީ އަށް ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި، 10 ކިލޯމީޓަރު އަޑިއަށް ކަމަށް ސާވޭގައި ވެއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މާލެއާ 8768 ކިލޯމީޓަރ ދުރަށް ބާރުގަދަ ބިންހެލުމެއް  ޕަޕުއާ ނިއުގިނީ އަށް އައިސްފައި ވަނީ ރާއްޖެ ގަޑިން 17:58 ގައި ކަމަށެވެ.

އަދި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓު އޮފީހުން ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©