ނަސްވާ ހަސަން
14 May 2019
މަޤްބޫލު ޙަބަރު

އައްޑޫ ސިޓީ ފޭދޫގައި، ސްރީ ލަންކާގެ ބުޑިސްޓް ފިރިހެނަކު މިއަދު އަސްރު ނަމާދަށް ފަހު އިސްލާމް ދީން ގަބޫލުކޮށްފި އެވެ.

ފޭދޫގައި ވަޒީފާ އަދާ ކުރަމުން އަންނަ، 38 އަހަރުގެ މަހޭޝް، މިއަދު އިސްލާމް ދިން ގަބޫލުކުރީ އަސްރު ނަމާދަށް ފަހު ފޭދޫ މަސްޖިދުލް ނަސްރުގަ އެވެ. އަދި ޝަހާދަތުގެ ދެ ކަލިމަ ލައިދެއްވީ ޝެއިހް މުހައްމަދު އަނީލެވެ.

މަހޭޝް ބުނީ، އިސްލާމް ދީން ގަބޫލުކުރީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ އޭނާގެ އަންހެނުންގެ އެދުމަކީވެސް އޭނާ އިސްލާމްވުން ކަމަށާއި އޭނާއަށް ކިޔާނެ ރީތި ނަމެއްވެސް ނިންމާނީ އަންހެނުން ކަމަށެވެ.

އަށް އަހަރު ވަންދެން މާލޭގައި މަސައްކަތް ކުރުމަށްފަހު މަހޭޝް އައްޑޫއަށް ދިޔައީ މީގެ މަހެއްހާ ދުވަސް ކުރިން، ފޭދޫގެ ގަރާޖެއްގައި މަސައްކަތްކުރާށެވެ.

މަހޭޝް އިސްލާމުވެފައި މިވަނީ، އަވަށްޓެރި ސްރީ ލަންކާގައި މިހާރު މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި މުސްލިމަކު ވެސް މަރާލައިފަ ވަނިކޮށެވެ.

Leave a Reply

Your email address will not be published.

haftha.mv ©