ނަސްވާ ހަސަން
15 May 2019
މަޤްބޫލު ޙަބަރު

މި ސަރުކާރުން އަންނަނީ ސިއްހީ ދާއިރާއަށް އިހުމާލުވަމުން ކަމަށް ކުރީގެ ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމުން ބުނެ، ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވިދާޅުޅީ، އެތަށް ދިވެހިންނެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުންދާ ދިވެހިންގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްފިޓަލް (އައިޖީއެމްއެޗް) ނުބެލެއްޓި ގިނަ ދުވަސްތަކެއް ވަމުންދާ ކަމަށެވެ. އަދި ސިއްހީ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ، ހާލުދެރަވާ ފަރާތްތަކަށް ހިދުމަތްދޭ އައިސީޔޫގެ އޭސީތައް ހަލާކުވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަނުގެ ހާލަތު ވެއްޓިފައި ހުންނަތާ އެތަށް މަސްތަކެއް ވޭތުވެގެން އަންނައިރުވެސް އެކަމަށް ހައްލެއް ލިބިފައި ނުވާކަމަށެވެ.

ސިއްހީ ދާއިރާއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދާއިރާއަށްވެފައި އެފަދަ ހިތުމަތެއް ނުލިބުމަކީ އެޕާޓީން ކަންބޮޑުވާކަމެއް ކަމަށެވެ. އެގޮތުން އައިސީޔޫ އަކީ ގިނަ އަދަދެއްގެ ބަލިމީހުން ތިބޭ ތަނަކަަށްވާއިރު، އެތަނުގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓުމުން، ސަރުކާރުގެ ދޯހަޅިކަން ރަމްޒުކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުގައި ސިއްހީ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވާ، އައިޖީއެމްއެޗް އަށް އުމްރާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވީ ހިނދު، ހޮސްޕިޓަލުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©