ނަސްވާ ހަސަން
15 May 2019
މަޤްބޫލު ޙަބަރު

ފުލުހުން ބުނީ، އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެ އައި ސައިކަލެއް، އެހެން ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރު ލޭން އަށް އެރުމުން، އެ ލޭނުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިއެވެ. ކާރުގައި ޖެހުމުން ސައިކަލް 100 ވަރަކަށް ފޫޓު ދުރަށް ކަހާލައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޯވާޓޭކް ކުރި ސައިކަލު ދުއްވަން އިން މީހާއަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ސައިކަލު ކަހާފަ ގޮސް ޖެހުނު ސައިކަލުގައި އިން ދެ މީހުންނަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ހިނގި މިއަދު ހެނދުނު 9:15 އެހާކަށްހާއިރު ކަމަށެވެ. އަދި އެ ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހެން ކަމަށާއި އޭނާގެ އަތުގައި ލައިސެންސެއްވެސް ނެތް ކަމަށާއި އޭނާ ދުއްވަން އިން ސައިކަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©