ނަސްވާ ހަސަން
15 May 2019
މަޤްބޫލު ޙަބަރު

މާލޭ ވިޔަފާރި ބަނދަރުން ފިލާ ބަރުކޮށްގެން ނިކުތް ދޯންޏަކާއި އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބޯޓެއް ޖެހި އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ ނޯތް ހާބަރު އިން ނިކުތް ބޯޓް ވިލިމާލެއާ ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް، މާލޭ ވިޔަފާރި ބަނދަރުން ފިލާ ބަރުކޮށްގެން ނިކުތް ދޯނި، ބޯޓްގެ ވާތް ފަރާތު ކަނުގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓް ވުމުގެ ސަބަބުން ބޯޓަށާއި ދޯންޏަށް ގެއްލުންވެ، ބޯޓްގައި ހުރި މުދާތަކަށްވެސް އެކިވަރުގެ ގެއްލުންވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދެމީހުން ވެސް އޮންނަ ކަމަށާއި މި މައްސަލަ ތަހުގީގު ކުރިއިރު އިހުމާލުވެފައި ވަނީ ދޯނި ދުއްވަން ހުރި ކައްޕި ކަމަށެވެ. އެގޮތުން އޭނާގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހިފަހައްޓާފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއްނުކުރެއެވެ.

މާލޭ ވިޔަފާރި ބަނދަރު އުތުރު ފަރާތު ނެރާ ދިމާލުން ކަނޑުމަތިން މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©